ރައީސުލްޖުމްހޫރިއްޔާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އަލްފާޟިލާ އައިޝަތު ފިޟްލީންއާއި އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު 11 މެއި 2015 ގައި ޢައްޔަނު ކުރުން
2015-05-11
ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 86 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމަށް ގދ.ތިނަދޫ، ޒެނިތް، އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު އާއި ހ.ވީސަންގެ، މާލެ، އަލްފާޟިލާ އައިޝަތު ފިޟްލީން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދުއާއި އަލްފާޟިލާ އައިޝަތު ފިޟްލީންއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށްޓަކައި 11 މެއި 2015 ވީ ހޯމަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.< މިރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރު ކަމުގެ ހުވައި، އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދުއާއި އަލްފާޟިލާ އައިޝަތު ފިޟްލީން ކުރެއްވިއެވެ.
އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެފަރާތުން ޓިއުރިންގައި ކުރިޔަށް ގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ 2 މެންބަރުން ބައިވެރިވެވަޑައިގަތުން:
11 މެއި 2015 އިން 18 މެއި 2015 އަށް އިޓަލީގެ ޓިއުރިންގައި ހުންނަ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އިންޓަރނޭޝަނަލް ޓްރެއިނިންގ ސެންޓަރގައި ބޭއްވުނު "އިވޯލްވިންގް ފޯރމްސް އޮފް އެމްޕްލޯއިމެންޓް ރިލޭޝަންސް އެންޑް ޑީސެންޓް ވާރކް" ތަމްރީނު ޕްރޮގްރާމްގައި ޓްރައިބިއުނަލްގެ ރައީސް އިދްރީސް އިސްމާއީލްއާއި މެމްބަރ މަރްޔަމް ޝަމްމާ އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. މިޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތުދެއްވާފައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި އަދި ނޮން- ސްޓެންޑަރޑް (ކެޝުއަލް އެމްޕްލޯއިމަންޓް) އެމްޕްލޯއިމަންޓް ދާއިރާތަކުގައި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޙައްޤުތައް އިންޓަރނޭޝަނަލް ލޭބަރ ސްޓެންޑަރޑްތަކުން ލިބިދީފައިވާ ގޮތާބެހޭގޮތުންނެވެ.2015-05-17