×
+ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޟިރުވާމީހުން ޗުއްޓީއަށް އެދެންވާނީ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ. ފޯމު ބެއްލެވުމަށް (ލިންކް)
+ ސަރކިއުލަރ 2018 - ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަތަކުގައި ޙާޞިރުވާ ފަރާތްތަކުން ބަދަލު ހަމަޖެއްސުމާއި ޤާނޫނީ ވަކީލުން ޢައްޔަންކުރުމާއި ގުޅޭ (ލިންކް)ޓްރައިބިއުނަލް ގެ މެންބަރުން

 • އަލްއުސްތާޛް އަޙްމަދު ޝިފާޢު

  (ޓްރައިބިއުނަލްގެ ރައީސް)

  އަލްއުސްތާޛް އަޙްމަދު ޝިފާޢު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށާއި ރައީސް ކަމަށް އައްޔަނުކުރެވުނީ 14 މެއި 2018 ގައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އައްޔަނުކުރެވުނުއިރު ހުންނެވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސްޕްރިންޑެންޓެއްގެ މަޤާމުގައެވެ. 2004 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެކި މަޤާމުތަކުގައި އަލްއުސްތާޛް އަޙްމަދު ޝިފާޢު މަސައްކަތް ކުރައްވާފައިވެއެވެ. އަލްއުސްތާޛް އަޙްމަދު ޝިފާޢު ފުރަތަމަ ޑިގްރީ ޙާޞިލްކުރައްވާފައިވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރއެޑިއުކޭޝަންގައި ޤާނޫނީ ދާއިރާއިންނެވެ. މާސްޓަރސް ޙާޞިލްކުރައްވާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ކޮމްޕަރޭޓިވް ލޯސްއިންނެވެ. 2009 ވަނަ އަހަރުން ފެށިގެން އަލްއުސްތާޛް އަޙްމަދު ޝިފާޢު ގެންދަވަނީ ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވަމުންނެވެ. މިގޮތުން ރާއްޖޭގައި ހިންގާ ބައެއް ލޯ ފާމްތަކުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައިއާއި ދިވެހިރައްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ޕާރޓް ޓައިމް ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވެއެވެ. އަލްއުސްތާޛް އަޙްމަދު ޝިފާޢު ޤާނޫނީ ދާއިރާއިން ތަޢުލީމް ޙާޞިލްކުރައްވާފައިވީނަމަވެސް އެކި ދާއިރާތަކުން ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި ސެމިނަރ އަދި ވޯރކްޝޮޕްތަކުގައި ބައިވެރިވެވަޑައިގެން ތަފާތު ދާއިރާތަކުން ތަޖުރިބާ ހޯއްދަވާފައިވެއެވެ. • މަރިޔަމް ޝަމްޢާ އިބްރާހިމް

  (ޓްރައިބިއުނަލްގެ މެމްބަރ )

  އަލްފާޟިލާ މަރިޔަމް ޝަމްޢާ އިބްރާހީމްއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ދެވަނަ ދައުރަކަށް އައްޔަނުކުރެވުނު ފުރަތަމަ މެންބަރެވެ. މިގޮތުން 07 ޖަނަވަރީ 2014 އިން 06 ޖަނަވަރީ 2019 އަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމު މަރިޔަމް ޝަމްޢާ ފުރުއްވާފައިވެއެވެ. މެންބަރުކަމުގެ މަޤާމަށް ދެވަނަ ދައުރަކަށް މަރިޔަމް ޝަމްޢާ އައްޔަނުކުރެވުނީ 08 ޖަނަވަރީ 2019 ގައެވެ. ޓްރައިބިއުނަލްގެ މެމްބަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރީން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގައި މަސައްކަތްކުރައްވާފައިވެއެވެ. އަދި މީގެއިތުރުން މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވެއެވެ. ޝަމްޢާ އިބްރާހީމް ބެޗެލަރސް ޑިގްރީ ހާޞިލުކުރައްވާފައިވަނީ އިންޑިއާގެ ބެންގަލޫރު ޔުނިވަރސިޓީއިން ބިޒްނަސް މެނޭޖްމެންޓްގެ ދާއިރާއިންނެވެ. އަދި އޯޕަން ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާޞިލުކުރައްވައި މިކޯހުން އެންމެމަތީ ދަރަޖައިގައި ފާސްވެ ޓޮޕް ގްރެޖުއޭޓިންގ ސްޓޫޑެންޓްގެ ޝަރަފް ހޯއްދަވާފައިވެއެވެ. މީގެއިތުރުންވެސް ޝަމްޢާ އިބްރާހީމް ވަނީ ލޭބަރ ދާއިރާއިންނާއި، އެހެނިހެން ތަފާތު އެކިދާއިރާތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުން ކުރުމުއްދަތުގެ ތަމްރީނު، ސެމިނަރ އަދި ވާރކްޝޮޕްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. • މަރިޔަމް ރިޝްފާ

  (ޓްރައިބިއުނަލްގެ މެމްބަރ )

  އަލްއުސްތާޛާ މަރިޔަމް ރިޝްފާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަނުކުރެވުނީ 07 އޮގަސްޓް 2016 ގައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރީން ރިޝްފާއަކީ ތަޢުލީމީދާއިރާގައި ތަފާތު ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތެކެވެ. މިގޮތުން ޚިދުމަތްކުރައްވާފައިވާ ތަންތަނުގެ ތެރޭގައި ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަންގެ ކޮލިފައިޑް ޓީޗަރކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޕާރޓް ޓައިމް ލެކްޗަރާއެއްގެ މަޤާމާއި، ސްރިލަންކާގައި ޤާއިމްކުރެވިފައިވާ މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކަލްޗްރަލް ސެންޓަރގެ ލީޑިންގ ޓީޗަރެއްގެ ވަޒީފާއާއި އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި މަސައްކަތްކުރެއްވުން ހިމެނެއެވެ. އަލްއުސްތާޛާ މަރިޔަމް ރިޝްފާ ތަޢުލީމު ހާޞިލުކުރައްވާފައިވާ ދާއިރާތަކުގެ ތެރޭގައި މާސްޓާރސް އިން ޝަރީޢާ، ބެޗެލަރ އޮފް އިސްލާމިކް ސްޓަޑީޒް (އޮނާރސް)، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން އިސްލާމިކް އެޑިއުކޭޝަން، އެޑްވާންސް ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ އަދި ބެޗްލަރސް އޮފް ލޯ ހިމެނެއެވެ. ރިޝްފާގެ އިތުރު މަސައްކަތްތަކުގެ ތެރޭގައި ޕްރޮފެޝަނަލް ޑިވެލޮޕްމެޓުންނާގުޅޭ ސެމިނަރތަކާއި ވާރކްޝޮޕްތައް ފެސިލިޓޭޓް ކޮށްދެއްވުމާއި އިސްލާމިކް ސްޓްޑީސްއާގުޅޭ ދިރާސާކުރެއްވުން ހިމެނެއެވެ.