ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" އުފައްދަވައި އެ މަޢުލޫމާތު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމާބެހޭ

2017-07-16

ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުން "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ" ގެ ނަމުގައި ކޮމެޓީއެއް އުފެއްދުމަށް ޤާނޫނު ލާޒިމުކުރާ ފަރާތްތަކުން ކޮމެޓީ އުފައްދައި، އެކަމުގެ މަޢުލޫމާތު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެ ކަމަށް އެ ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ކޮމެޓީ އުފެއްދުމަށް ޤާނޫނު ލާޒިމުކުރާ ފަރާތްތަކުން އެ މަޢުލޫމާތު ލިޔުމަކުން މި ޓްރައިބިއުނަލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ތަފްސީލް...

ވޯކް ސްޓޭޝަން (ފަރނިޗަރ މޭޒު/ޕާޓިޝަނާއި އެކު) ހޯދުމަށް ބޭނުންވެގެން

2016-06-08

މި ޓްރައިބިއުނަލަށް ވޯކް ސްޓޭޝަންތަކެއް (ފަރނިޗަރ މޭޒު/ޕާޓިޝަނާއި އެކު) ގަތުމަށް ކުރި ނަންބަރު:200-VTR/IU/2016/03 އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޕްރޮޕޯޒަލް ހުށަހަޅުއްވާފައި ނުވާތީ އެކަމަށް އަލުން ހުޅުވާލަމެވެ.

ތަފްސީލް...

އޮފީސް ޢިމާރާތެއް ކުއްޔަށްހިފުން

2016-05-08

މިޓްރައިބިއުނަލްގެ އޮފީސް ހިންގުމަށްޓަކައި އޮފީސް ސެޓަޕެއް ހެދޭގޮތަށްހުރި 1 ފްލޯ ނުވަތަ ޖެހިޖެހިގެން ހުރި 2 ފްލޯއިން 4500 އަކަފޫޓަށްވުރެ ކުޑަނޫން ރަނގަޅު ފެންވަރެއްގެ ޢިމާރާތެއް ކުއްޔަށް ހިފުމަށް ކުރި ނަންބަރު:(IUL)200/2016/1 އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެކަމަށް އަލުން ހުޅުވާލަމެވެ.

ތަފްސީލް...

އެއަރކޮންޑިޝަންތައް ސަރވިސްކޮށް ބަލަހައިދޭނެ ފަރާތެއް ހޯދުމަށް

2015-11-19

މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 29 ނޮވެމްބަރ 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ޓްރައިބިއުނަލް (ގ.ފަތުރުވެހި، މަޓީ ބިލްޑިންގގެ 03 ވަނަ ފަންގިފިލާ، ބުރުޒުމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 ޑިސެމްބަރ 2015 ވާ ބުދަ ދުވަހު 11:00 (ގ.ފަތުރުވެހި، މަޓީ ބިލްޑިންގގެ 03 ވަނަ ފަންގިފިލާ، ބުރުޒުމަގު) އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ތަފްސީލް...

ފޮޅާ ސާފުކުރާނޭ ފަރާތެއް ހޯދުމަށް

2015-08-30

މިޓްރައިބިއުނަލްގެ އޮފީސް ހިނަގަމުންއަންނަ އިމާރާތް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:200-VTR/IU/2015/10 (13 އޮގަސްޓް 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޕްރޮޕޯސަލް ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެކަމަށް ހުޅުވާލަމެވެ.

ތަފްސީލް...




އެންމެ ފަސް| 1 2 | އެންމެ ކުރި