×
+ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޟިރުވާމީހުން ޗުއްޓީއަށް އެދެންވާނީ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ. ފޯމު ބެއްލެވުމަށް (ލިންކް)
+ ސަރކިއުލަރ 3 2020 - ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފޮނުވާ ސިޓީތަަކާއި ލިޔުންތައް އެޑްރެސްކުރުމާބެހޭ (ލިންކް)

#

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސާ އަލްއުސްތާޛާ ޢާމިނަތު އަބްދުﷲ ޒުހައިރު ބަންގްލަދޭޝްގެ ސަފީރާއި ބައްދަލު ކުރައްވައިފި.

2021-09-27

ބަންގްލަދޭޝް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަންގެ ދަޢުވަތަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސާ އަލްއުސްތާޛާ ޢާމިނަތު އަބްދުﷲ ޒުހައިރު 26 ސެޕްޓެންބަރު 2021 ގައި ވަނީ މުޙައްމަދު ނަޒްމުލް ޙަސަން އާއި ފަސްޓް ސެކްރެޓަރީ އެމް.ޑީ ސޮހެލް ޕަރްވޭޒްއާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަސައްކަތްތައް ހިނގަމުންދާގޮތާއި، ބިދޭސީ މަސައްކަތްތެރިން ހުށަހަޅާ މައްސަލަތައް ބެލުމުގައި ޓްރައިބިއުނަލުން ޢަމަލުކުރާ އުސޫލާއި، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ބިދޭސީ މަސައްކަތްތެރިންނަށް ލިބިދޭ ޙައްޤުތަކާއި، މިފަދަ މައްސަލަތައް ބެލުމުގައި ދިމާވަމުންދާ ގޮންޖެހުތަކާއި، މިފަދަ ކަންކަމަށް އެދެވޭ ޙައްލެއް ހޯދުމަށްޓަކައި ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާ، މަޢުލޫމާތު ޙިއްސާކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ދެފަރާތުން ވަޒީފާއާ ގުޅޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ޓްރައިބިއުނަލްގެ ރައީސާ އަލްއުސްތާޛާ ޢާމިނަތު ޢަބްދުﷲ ޒުހައިރުގެ އިތުރުން ރަޖިސްޓްރާ އަލްއުސްތާޛް ނާފިޢު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ލޯގޯ އަދި ރަސްމީ ކުލަ އިފްތިތާޙު ކުރުން.

2018-12-04

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ލޯގޯ އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލް ތަމްސީލުކުރުމުގައި ބޭނުންކުރާނެ ރަސްމީ ކުލަ 29 ނޮވެންބަރު 2018 ވަނަ ދުވަހު ވަނީ އިފްތިތާޙް ކުރައްވާފައެވެ. މިގޮތުން ރަސްމީ ކުލަތަކުގެ ގޮތުގައި ހަމަޖައްސާފައިވަނީ 'ލިޓްލް ގްރީން މެރިން ބްލޫ' އަދި 'ބްލަޑް އޮރެންޖް' ކުލައެވެ. ލޯގޯ އަދި ކުލަ އިފްތިތާޙު ކޮށްދެއްވީ އެކަމަށް ހާއްޞަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބޭއްވުނު ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އަލްއުސްތާޛް އަޙްމަދު ޝިފާޢުއެވެ. މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންނާއި މުވައްޒަފުންގެ އިތުރުން ކުރީގެ ބައެއް މެންބަރުންވެސް ބައިވެރިވަޑައިގެންނެވިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރެކްރިއޭޝަން ކްލަބް ރަޖިސްޓްރީ ކުރަށްވައިފިއެވެ.

2018-10-29

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރެކްރިއޭޝަން ކްލަބު ވަނީ 13 ޞަފަރު 1440، 22 އޮކްޓޫބަރު 2018 ގައި ރަޖިސްޓްރީ ކުރެވިފައެވެ.

ދައުލަތުގެ އިދާރާތައް ދަރަޖަކުރިއިރު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ވެބްސައިޓް އެއްވަނަ ދަރަޖައިގައި ވަނީ ހިމެނިފައެވެ.

2018-10-21

މަޢުލޫމާތު ހާމަކުރަމުންދާ މިންވަރު ބެލުމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ދައުލަތުގެ އިދާރާތަކުގެ ވެބްސައިޓްގައި ހިމަނާފައިވާ މަޢުލޫމާތުތަކަށްބަލައި ދައުލަތުގެ އިދާރާތައް ދަރަޖަކުރިއިރު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ވެބްސައިޓް އެއްވަނަ ދަރަޖައިގައި ވަނީ ހިމެނިފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލް ރަސްމީ ކުލަ ހަމަޖައްސައިފި

2018-09-05

ވަޒީފާއާބެހޭ ޓްރައިބިއުނަލް ތަމްސީލްކުރުމުގައި ބޭނުންކުރާނެ ކުލަތަކުގެ ގޮތުގައި 'ލިޓްލް ގްރީން މެރިން ބްލޫ' އަދި 'ބްލަޑް އޮރެންޖް' ކުލަތައް ހަމަޖައްސަވައިފިއެވެ. ކުލަ ފާސްކުރައްވާފައިވަނީ 30 އޮގަސްޓް 2018 ވަނަ ދުވަހު ބޭއްވުނު ޓްރައިބިއުނަލްގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގައެވެ. މި ކުލަތައް ޓްރައިބިއުނަލްގެ ރަސްމީ ޙަރަކާތްތަކުގައިއާއި އަދި ޓްރައިބިއުނަލް ބައިވެރިވާ އެހެނިހެން ޙަރަކާތްތަކުގައިވެސް ބޭނުންކުރުމަށް ޓްރައިބިއުނަލްގެ އެގްޒެކެޓިވް ބޯޑުންވަނީ ނިންމަވާފައެވެ.



އެންމެ ފަސް| 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 | އެންމެ ކުރި