×
+ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޟިރުވާމީހުން ޗުއްޓީއަށް އެދެންވާނީ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ. ފޯމު ބެއްލެވުމަށް (ލިންކް)
+ ސަރކިއުލަރ 3 2020 - ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފޮނުވާ ސިޓީތަަކާއި ލިޔުންތައް އެޑްރެސްކުރުމާބެހޭ (ލިންކް)

ރައީސުލްޖުމްހޫރިއްޔާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

2021-01-21

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމަށް ގދ. ތިނަދޫ، ގެލަ، އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރު، އަދި ނައިބު ރައީސްކަމަށް މ. ހާދޫ، އަލްއުސްތާޛު ޙަސަން އިބްރާހީމް ޢައްޔަންކުރައްވައިފިއެވެ. މި ދެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވާފައި ވަނީ ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/2) ގެ 88 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިންނެވެ. މި ދެބޭފުޅުން މަޤާމަށް ޢައްޔަނުކުރައްވާފައި ވަނީ 2021 ޖަނަވަރީ 20 ވަނަ ދުވަހުއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް ޢައްޔަންކުރެއްވި އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރަކީ 2019 މާރިޗު 25 އިން ފެށިގެން އެ ޓްރައިބިއުނަލްގެ މެންބަރެކެވެ. އެ ބޭފުޅާ އެމްޕްލޯއިމަންޓް ލޯގެ ދާއިރާއިން މާސްޓަރސް އޮފް ލޯސް ހާސިލުކުރައްވާފައި ވަނީ އިނގިރޭސި ވިލާތުގެ ކިންގސްޓަން ޔުނިވަރސިޓީއިންނެވެ. މީގެ ކުރިން އެ ބޭފުޅާ ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ލީގަލް އޮފިސަރގެ މަޤާމާއި، ނެޝަނަލް ޕޭ ކޮމިޝަނުގެ ލީގަލް ކޮންސަލްޓަންޓްގެ މަޤާމު ފުރުއްވާފައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނުކުރެއްވި އަލްއުސްތާޛު ޙަސަން އިބްރާހީމަކީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަރސިޓީއިން މާސްޓަރސް އޮފް މެނޭޖްމަންޓް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، 2020 މާރިޗު 16 އިން ފެށިގެން އެ ބޭފުޅާއަކީ އެ ޓްރައިބިއުނަލްގެ މެންބަރެކެވެ. މީގެ ކުރިން އެ ބޭފުޅާ ވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، ސިވިލް ސަރވިސް ކޮމިޝަންގެ ޑިރެކްޓަރގެ މަޤާމު ފުރުއްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ލޯގޯ އަދި ރަސްމީ ކުލަ އިފްތިތާޙު ކުރުން.

2018-12-04

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ލޯގޯ އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލް ތަމްސީލުކުރުމުގައި ބޭނުންކުރާނެ ރަސްމީ ކުލަ 29 ނޮވެންބަރު 2018 ވަނަ ދުވަހު ވަނީ އިފްތިތާޙް ކުރައްވާފައެވެ. މިގޮތުން ރަސްމީ ކުލަތަކުގެ ގޮތުގައި ހަމަޖައްސާފައިވަނީ 'ލިޓްލް ގްރީން މެރިން ބްލޫ' އަދި 'ބްލަޑް އޮރެންޖް' ކުލައެވެ. ލޯގޯ އަދި ކުލަ އިފްތިތާޙު ކޮށްދެއްވީ އެކަމަށް ހާއްޞަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބޭއްވުނު ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އަލްއުސްތާޛް އަޙްމަދު ޝިފާޢުއެވެ. މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންނާއި މުވައްޒަފުންގެ އިތުރުން ކުރީގެ ބައެއް މެންބަރުންވެސް ބައިވެރިވަޑައިގެންނެވިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރެކްރިއޭޝަން ކްލަބް ރަޖިސްޓްރީ ކުރަށްވައިފިއެވެ.

2018-10-29

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރެކްރިއޭޝަން ކްލަބު ވަނީ 13 ޞަފަރު 1440، 22 އޮކްޓޫބަރު 2018 ގައި ރަޖިސްޓްރީ ކުރެވިފައެވެ.

ދައުލަތުގެ އިދާރާތައް ދަރަޖަކުރިއިރު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ވެބްސައިޓް އެއްވަނަ ދަރަޖައިގައި ވަނީ ހިމެނިފައެވެ.

2018-10-21

މަޢުލޫމާތު ހާމަކުރަމުންދާ މިންވަރު ބެލުމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ދައުލަތުގެ އިދާރާތަކުގެ ވެބްސައިޓްގައި ހިމަނާފައިވާ މަޢުލޫމާތުތަކަށްބަލައި ދައުލަތުގެ އިދާރާތައް ދަރަޖަކުރިއިރު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ވެބްސައިޓް އެއްވަނަ ދަރަޖައިގައި ވަނީ ހިމެނިފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލް ރަސްމީ ކުލަ ހަމަޖައްސައިފި

2018-09-05

ވަޒީފާއާބެހޭ ޓްރައިބިއުނަލް ތަމްސީލްކުރުމުގައި ބޭނުންކުރާނެ ކުލަތަކުގެ ގޮތުގައި 'ލިޓްލް ގްރީން މެރިން ބްލޫ' އަދި 'ބްލަޑް އޮރެންޖް' ކުލަތައް ހަމަޖައްސަވައިފިއެވެ. ކުލަ ފާސްކުރައްވާފައިވަނީ 30 އޮގަސްޓް 2018 ވަނަ ދުވަހު ބޭއްވުނު ޓްރައިބިއުނަލްގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގައެވެ. މި ކުލަތައް ޓްރައިބިއުނަލްގެ ރަސްމީ ޙަރަކާތްތަކުގައިއާއި އަދި ޓްރައިބިއުނަލް ބައިވެރިވާ އެހެނިހެން ޙަރަކާތްތަކުގައިވެސް ބޭނުންކުރުމަށް ޓްރައިބިއުނަލްގެ އެގްޒެކެޓިވް ބޯޑުންވަނީ ނިންމަވާފައެވެ.



އެންމެ ފަސް| 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 | އެންމެ ކުރި