×
+ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޟިރުވާމީހުން ޗުއްޓީއަށް އެދެންވާނީ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ. ފޯމު ބެއްލެވުމަށް (ލިންކް)
+ ސަރކިއުލަރ 3 2020 - ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފޮނުވާ ސިޓީތަަކާއި ލިޔުންތައް އެޑްރެސްކުރުމާބެހޭ (ލިންކް)

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަސައްކަތް:

ވަޒީފާގެ މާހައުލުގައި ވަޒީފާދޭފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާބެހޭ ޤާނޫނާއި އެހެންވެސް ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ބެލުން.


ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ކުރިން ކުރެވިދާނެ ބައެއް ކަންތައްތައް:

ވަޒީފާގެ މާޙައުލުގައި ދިމާވާ ކަމެއް ނުވަތަ މައްސަލައެއްގައި މަޢުލޫމާތެއް ބޭނުންވާނަމަ ލޭބަރ ރިލޭޝަންސް އޮތޯރިޓީއިން އެހީތެރިކަން ހޯދިދާނެއެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ވެބްސައިޓު http://www.lra.gov.mv އަދި ގުޅޭނެ ނަންބަރަކީ 3306170 އަދި އީމެއިލް އެޑްރެހަކީ info@lra.gov.mv އެވެ.


ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާނެގޮތް:

 • ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަންވާނީ މައްސަލަ ހުށަހެޅުމަށް ކަނޑައަޅާފައިވާ ފޯމުންނެވެ. ނުވަތަ އެފޯމެޓަށް ތައްޔާރުކުރެވިފައިވާ ފޯމަކުންނެވެ.

 • މައްސަލަ ހުށަހަޅާއިރު މައްސަލަ ހުށަހަޅާ ފޯމުގެ އަސްލާއި 2 ކޮޕީ އަދި މައްސަލަ ސާބިތުކުރުމަށް ހުށަހަޅާ އެންމެހައި ލިޔެކިޔުންތަކުގެ 3 ކޮޕީ ހުށަހަޅަންވާނެއެވެ. މައްސަލަ ހުށަހަޅާ ފޯމް ފުރިހަމަކުރުމުގައި ސަމާލުކަން ދޭންޖެހޭކަންތައްތައް މައްސަލަ ހުށަހަޅާ ފޯމުގައި ހިމަނާފައިވާނެއެވެ.

 • އެއްފަރާތަށްވުރެ ގިނަފަރާތްތަކުން މައްސަލަ ހުށަހަޅަން ބޭނުންވާނަމަ އެއް ފޯމަކުން މައްސަލަ ހުށަހެޅިދާނެއެވެ.

 • މައްސަލަ ހުށަހަޅާ ފޯމް ޓްރައިބިއުނަލަށް ހުށަހަޅާއިރު، ޓްރައިބިއުނަލުގެ ކައުންޓަރަށް ނުވަތަ ޕޯސްޓް މެދުވެރިކޮށް ނުވަތަ އީމެއިލް އިން ނުވަތަ ފެކްސް މެދުވެރިކޮށް ހުށަހެޅިދާނެއެވެ.

 • އީމެއިލް ނުވަތަ ފެކްސްއިން މައްސަލަ ހުށަހަޅާނަމަ ފޯމުގެ އަސްލާއި 2 ކޮޕީ އަދި މައްސަލަ ސާބިތުކުރުމަށް ހުށަހަޅާ އެންމެހާ ލިޔެކިޔުންތަކުގެ 3 ކޮޕީ ސަރުކާރު ބަންދު ނޫން 10 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.


ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަން އޮންނަ މުއްދަތު:

 • ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 3 މަސް ދުވަސް ތެރޭގައެވެ.

 • ވަޒީފާއާބެހޭ ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންވެފައި ނުވާނަމަ، 6 މަސް ދުވަސް ތެރޭގައެވެ.

 • އުޖޫރައާއި ގުޅޭ މައްސަލައެއްނަމަ 6 މަސް ދުވަހަށްވުރެ އިތުރުވިޔަސް ޓްރައިބިއުނަލުން ބެލޭނެއެވެ.

 • އެހެން ޤާނޫނެއްގައި ޓްރައިބިއުނަލުން މައްސަލައެއް ބަލަން މުއްދަތެއް ކަނޑައަޅާފައިވާނަމަ އެމައްސަލައެއް ބެލޭނީ އެމުއްދަތުގެ ތެރޭގައި ހުށަހެޅުމުންނެވެ.


އަޑުއެހުންތަކަށް ހާޒިރުވުން:

 • ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތަކަށް ހާޒިރުވުމަށް މައްސަލަ ހުށަހެޅިފަރާތަށާއި މައްސަލަ ރައްދުވާފަރާތަށް ޓްރައިބިއުނަލުން ހާޒިރުވުމުގެ އަމުރު ފޮނުވޭނެއެވެ.

 • ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހާޒިރުވުމުގެ އަމުރާ އެއްގޮތަށް މައްސަލަ ހުށަހަޅާފަރާތުން ޖުމްލަ 2 (ދޭއް) އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ އިދާރީ ގޮތުން މައްސަލަ ބާޠިލުކުރުމުގެ އިޚްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 • ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހާޒިރުވުމުގެ އަމުރާ އެއްގޮތަށް މައްސަލަ ރައްދުވާފަރާތުން ޖުމްލަ 2 (ދޭއް) އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ އެފަރާތުގެ ޣައިރު ޙާޒިރުގައި މައްސަލައާމެދު ގޮތެއް ކަނޑައެޅުމުގެ އިޚްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 • ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުމަށް ހާޒިރުވާއިރު ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ.


މައްސަލަ ސުލްޙަވެރިކޮށް ނިންމުން

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިފައިވަނިކޮށް މައްސަލަ ރައްދުވާފަރާތުން ނުވަތަ މައްސަލަ ހުށަހެޅިފަރާތުން ސުލްޙަވާން ބޭނުންނަމަ ޓްރައިބިއުނަލުން ބޭރުގައި މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރެވިދާނެއެވެ. އެގޮތުން ޙައްލުކުރަން ބޭނުންވާނަމަ ޓްރައިބިއުނަލަށް ލިޔުމުން އެކަން އަންގަންވާނެއެވެ. އަދި މައްސަލަ ޙައްލުވުމުން ޓްރައިބިއުނަލަށް ލިޔުމުން އެންގުމުން މައްސަލައަށް ޙައްލެއް ލިބުނީކަމަށްބަލައި ޓްރައިބިއުނަލުން މައްސަލަ ނިންމިދާނެއެވެ.