މައްސަލަ ހުށައެޅުމާގުޅޭ
މައްސަލަ ހުށަހަޅާ ފޯމް ހުށަހަޅާއިރު ބަލަންޖެހޭ މުހިންމު ކަންތައްތައް
މައްސަލައިގެ ބާވަތް | ބޭނުންވާ މުހިންމު ލިޔެކިޔުން (3 ސެޓް) |
މައްސަލަ ހުށަހަޅާ ފޯމާއެއްކޮށް ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް | މައްސަލަ ހުށަހަޅާ ފޯމް ފުރިހަމަކުރުން ވަޒީފާގެ އެއްބަސްވުމުގެ ކޮޕީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ 1ކޮޕީ މައްސަލައާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް މައްސަލަ ހުށަހަޅާ ފަރާތް ތަމްސީލު ކުރުމަށް އެހެން ފަރާތެއް އައްޔަންކުރާނަމަ، އައްޔަން ކުރިކަން އެނގޭނެ ލިޔުމެއް |
1- ވަޒީފާގެ އެއްބަސްވުމާއި ޚިލާފްވުން | ވަޒީފާގެ އެއްބަސްވުމާއި ޚިލާފުވިގޮތާއި މިންވަރު އަންގައިދޭ ލިޔެކިޔުން ވަޒީފާގެ އެއްބަސްވުމާއި ޚިލާފްވިކަން އިތުރަށް ސާބިތުކޮށްދޭ ހެއްކާއި ޤަރީނާ |
2. ތަފާތުކުރުން | ވަޒީފާއާގުޅޭ ކަންކަމުގައި ތަފާތުކުރި މިންވަރާއި ތަފާތު ކޮށްފައިވާ ގޮތް ފުރިހަމައަށް އެނގޭނެ ލިޔުމެއް ތަފާތުކުރިކަން ސާބިތުކޮށްދޭ އިތުރު ހެއްކާއި ޤަރީނާ |
3. މަޖުބޫރުން މަސައްކަތް ކުރުވުން | މަޖުބޫރު ކުރެވުނީ ކިހިނެއްކަން އަދި ކިހާ މިންގަނޑަކަށްކަން ފުރިހަމައަށް އެނގޭނެ ލިޔުމެއް މަޖުބޫރު ކުރެވުނު މިންގަނޑު އިތުރަށް ސާބިތުކޮށްދޭ ހެކި |
4. އުޖޫރަ ނުލިބުން | ކުރީގެ ދުވަސްތަކުގައި މުސާރަ ލިބުނުކަމުގެ ސްލިޕް ބަލިވެގެން މަސައްކަތަށް ޙާޟިރުނުވާ ދުވަސް ދުވަހަށް މެޑިކަލް ސެޓްފިކެޓް ހުށަހަޅާފައިނުވާނަމަ، ސެޓްފިކެޓްގެ ކޮޕީ މުސާރަ ނުލިބޭ ދުވަސްތަކުގައި ވަޒީފާއަށް ހާޒިރުވިކަން އެނގޭނެ ގޮތުގެ ލިޔުމެއް މައްސަލަ ސާބިތުކޮށްދޭ އިތުރު ހެއްކާއި ޤަރީނާ |
5. ވަޒީފާއިން ވަކިކުރުން | ވަޒީފާއިން ވަކިކުރެވުނުއިރު މައްސަލަ 3 މަސްދުވަހުގެ ތެރޭގައި ހުށަހެޅުން ވަޒީފާއިން ވަކިކުރެވުނު ކަމުގެ ލިޔުން ވަޒީފާއިން ވަކިކުރެވުނުކަމަށް ޤަބޫލުކުރެވޭ ސަބަބު އަންގައިދޭ ލިޔުމެއް ނޯޓިސް ދީފަ ވަޒީފާއިން ވަކިކޮށްފައިވާނަމަ، ނޯޓިސްގެ ކޮޕީ ވަޒީފާއިން ވަކިކުރެވިފައިވަނީ ޤަވާއިދާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭނަމަ، އެކަން ސާބިތުކޮށްދޭ ހެއްކާއި ޤަރީނާ |
ނޯޓް: – މައްސަލައާ ގުޅިގެން ޓްރައިބިއުނަލަށް ހުށަހަޅާ މުހިންމު ލިޔެކިޔުންތައް ހުންނަންވާނީ ދިވެހި ބަހުން ލިޔެވިފައެވެ.
– ބިދޭސީއަކު މައްސަލަ ހުށަހަޅާނަމަ ދިވެހި ބަހުން ތަރުޖަމާ ކުރާނޭ މީހަކު ޢައްޔަންކޮށް ޓްރައިބިއުނަލަށް އަންގަންވާނެއެވެ.