ތަޢާރަފު

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ތަޢާރަފު

ވަޒީފާއާބެހޭ ޓްރައިބިއުނަލްއަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 85 ވަނަ މާއްދާގެ (ހ) ގެ ދަށުން 2008 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 29 ވަނަ ދުވަހު އުފައްދަވާފައިވާ މުއައްސަސާއެކެވެ. މިގޮތުން ވަޒީފާއާބެހޭ މައްސަލަތައް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ 7 މެންބަރުން ޢައްޔަނުކުރައްވާ މި 7 މެންބަރުންގެ ތެރެއިން އިދާރީ ހިންގުމުގެ ޒިންމާ ރައީސާއި ނާއިބް ރައީސް ޢައްޔާނުކޮށް އެފަރާތްތަކާ ޙަވާލުކުރައްވާފައިވެއެވެ

އަޅުގަނޑުމެންގެ އަމާޒު

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަމާޒަކީ، ވަޒީފާގެ މާހައުލުގައި، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާބެހޭ ޤާނޫނާއި އެހެންވެސް ޤާނޫނެއް ނުވަތަ ގަވާޢިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ވީހާވެސް އަވަހަށް، ލުއިފަސޭހަކޮށް ބަލައި ނިންމުމެވެ.

އަޅުގަނޑުމެން ގެމަޤްސަދު

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަޤްޞަދަކީ، ވަޒީފާގެ މާހައުލުގައި، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާބެހޭ ޤާނޫނާއި އެހެންވެސް ޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ވީހާވެސް އަވަހަށް، ލުއިފަސޭހަކޮށް ބަލައި ނިންމުމެވެ

އަޅުގަނޑުމެން ޤަބޫލުކުރާ ހަމަތައް

ހަމަހަމަކަން: ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ގޮތެއް ނިންމުމުގައި ވަކި ފަރާތަކަށް ނުޖެހުން.

ނަޒާޙަތްތެރިކަން: ނުރަނގަޅު ނުފޫޒުތަކުން އެއްކިބާވެ ތިބެ މަސައްކަތްކުރުން.

ޕްރޮފެޝަނަލިޒަމް: ޚިދުމަތް ދިނުމުގައި ފަންނީ ޤާބިލު މީހުން ބޭނުންކުރުމާއި، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ޢަމަލުތައްބެހެއްޓުން.