މައްސަލަ ހުށަހެޅުމާގުޅޭ
މައްސަލަ ހުށަހަޅާ ފޯމު ހުށަހަޅާއިރު ބަލަންޖެހޭ މުހިންމު ކަންތައްތައް
މައްސަލައިގެ ބާވަތް | ބޭނުންވާ މުހިންމު ލިޔެކިޔުން (3 ސެޓް) |
މައްސަލަ ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް | މައްސަލަ ހުށަހަޅާ ފޯމް ފުރިހަމަކުރުން ވަޒީފާގެ އެއްބަސްވުމުގެ ކޮޕީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ 1ކޮޕީ މައްސަލައާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް މައްސަލަ ހުށަހަޅާ ފަރާތް ތަމްޞީލުކުރުމަށް އެހެން ފަރާތެއް ޢައްޔަންކުރާނަމަ، ޢައްޔަންކުރިކަން އެނގޭނެ ލިޔުމެއް |
1- ވަޒީފާގެ އެއްބަސްވުމާ ޚިލާފުވުން | ވަޒީފާގެ އެއްބަސްވުމާ ޚިލާފުވިގޮތާއި މިންވަރު އަންގައިދޭ ލިޔެކިޔުން ވަޒީފާގެ އެއްބަސްވުމާ ޚިލާފުވިކަން އިތުރަށް ސާބިތުކޮށްދޭ ހެއްކާއި ޤަރީނާ |
2. ތަފާތުކުރުން | ވަޒީފާއާގުޅޭ ކަންކަމުގައި ތަފާތުކުރި މިންވަރާއި ތަފާތު ކޮށްފައިވާ ގޮތް ފުރިހަމައަށް އެނގޭނެ ލިޔުމެއް ތަފާތުކުރިކަން ސާބިތުކޮށްދޭ އިތުރު ހެއްކާއި ޤަރީނާ |
3. މަޖުބޫރުން މަސައްކަތް ކުރުވުން | މަޖުބޫރުކުރެވުނީ ކިހިނެއްކަން އަދި ކިހާ މިންވަރަކަށްކަން ފުރިހަމައަށް އެނގޭނެ ލިޔުމެއް މަޖުބޫރުކުރެވުނު މިންވަރު އިތުރަށް ސާބިތުކޮށްދޭ ހެކި |
4. އުޖޫރަ ނުލިބުން | ކުރީގެ ދުވަސްތަކުގައި މުސާރަ ލިބުނުކަމުގެ ސްލިޕް ތަކުގެ ކޮޕީ ބަލިވެގެން މަސައްކަތަށް ޙާޟިރުނުވާ ދުވަސް ދުވަހަށް މެޑިކަލް ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، ސެޓްފިކެޓްގެ ކޮޕީ މުސާރަ ނުލިބޭ ދުވަސްތަކުގައި ވަޒީފާއަށް ހާޒިރުވިކަން އެނގޭނެ ގޮތުގެ ލިޔުމެއް މައްސަލަ ސާބިތުކޮށްދޭ އިތުރު ހެއްކާއި ޤަރީނާ |
5. ވަޒީފާއިން ވަކިކުރުން | ވަޒީފާއިން ވަކިކުރެވުނުއިރު މައްސަލަ 3 މަސްދުވަހުގެ ތެރޭގައި ހުށަހެޅުން ވަޒީފާއިން ވަކިކުރެވުނުކަމުގެ ލިޔުން ވަޒީފާއިން ވަކިކުރެވުނުކަމަށް ޤަބޫލުކުރެވޭ ސަބަބު އަންގައިދޭ ލިޔުމެއް ނޯޓިސް ދީފައި ވަޒީފާއިން ވަކިކޮށްފައިވާނަމަ، ނޯޓިސްގެ ކޮޕީ ވަޒީފާއިން ވަކިކުރެވިފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭނަމަ، އެކަން ސާބިތުކޮށްދޭ ހެއްކާއި ޤަރީނާ |
ނޯޓް: – މައްސަލައާ ގުޅިގެން ޓްރައިބިއުނަލަށް ހުށަހަޅާ މުހިންމު ލިޔެކިޔުންތައް ހުންނަންވާނީ ދިވެހި ބަހުން ލިޔެވިފައެވެ.
– ބިދޭސީއަކު މައްސަލަ ހުށަހަޅާނަމަ ދިވެހި ބަހުން ތަރުޖަމާ ކުރާނޭ މީހަކު ޢައްޔަންކޮށް ޓްރައިބިއުނަލަށް އަންގަންވާނެއެވެ.