ރައީސް
އަލްއުސްތާޛު އިސްޙާޤު ޙުސައިން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމަށާއި ރައީސްކަމުގެ މަޤާމަށް އައްޔަންކުރެއްވީ 4202 ވަނަ އަހަރުގެ އެޕްރީލް މަހުގެ 51 ވަނަ ދުވަހުއެވެ.
އެ މަނިކުފާނަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް) ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން އެ މަނިކުފާނު ހުންނެވީ އައި.އެލް.އެސް އެސޯސިއެޓްސް އެލް.އެލް.ޕީގެ ޕާޓްނަރެއްގެ ގޮތުގައެވެ. މީގެ އިތުރުން، އެ މަނިކުފާނަކީ 4102 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި އެކި ޙައިޘިއްޔަތުން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ކްރިމިނަލް ކޯޓާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކއާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، ސީ.އެލް.އޭ ޕާޓްނަރސް އެލް.އެލް.ޕީގައި އެ މަނިކުފާނު ވަޒީފާ އަދާކުރައްވާފައިވެއެވެ.
އަލްއުސްތާޛު އިސްޙާޤު ޙުސައިނަކީ ދިވެހިރާއްޖޭގައި ބޭއްވުނު ފުރަތަމަ ބާ އިމްތިޙާނުން އެންމެ މަތިން ފާސްވެވަޑައިގެން އެއްވަނަ ހޯއްދެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.
![](https://employmenttribunal.gov.mv/tribunal/wp-content/uploads/2024/06/President-Final-Side-1-1024x1024.png)