ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސާ އަލްއުސްތާޛާ އާމިނަތު ޢަބްދުﷲ ޒުހައިރު ބަންގްލަދޭޝްގެ ސަފީރާއި ބައްދަލު ކުރައްވައިފި.

26 ނޮވެންބަރު, 2021

ބަންގްލަދޭޝް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަންގެ ދަޢުވަތަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސާ އަލްއުސްތާޛާ ޢާމިނަތު އަބްދުﷲ ޒުހައިރު 26 ސެޕްޓެންބަރު 2021 ގައި ވަނީ މުޙައްމަދު ނަޒްމުލް ޙަސަން އާއި ފަސްޓް ސެކްރެޓަރީ އެމް.ޑީ ސޮހެލް ޕަރްވޭޒްއާ ވަޒީފާއާބެހޭ ޓްރައިބިއއުނަލުގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަސައްކަތްތައް ހިނގަމުންދާގޮތާއި، ބިދޭސީ މަސައްކަތްތެރިން ހުށަހަޅާ މައްސަލަތައް ބެލުމުގައި ޓްރައިބިއުނަލުން ޢަމަލުކުރާ އުސޫލާއި، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ބިދޭސީ މަސައްކަތްތެރިންނަށް ލިބިދޭ ޙައްޤުތަކާއި، މިފަދަ މައްސަލަތައް ބެލުމުގައި ދިމާވަމުންދާ ގޮންޖެހުތަކާއި، މިފަދަ ކަންކަމަށް އެދެވޭ ޙައްލެއް ހޯދުމަށްޓަކައި ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާ، މަޢުލޫމާތު ޙިއްސާކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ދެފަރާތުން ވަޒީފާއާ ގުޅޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ޓްރައިބިއުނަލްގެ ރައީސާ އަލްއުސްތާޛާ ޢާމިނަތު ޢަބްދުﷲ ޒުހައިރުގެ އިތުރުން ރަޖިސްޓްރާ އަލްއުސްތާޛް ނާފިޢު މުޙައްމަދު ބައިވެރިވިއެވެ.